ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ހާއްސަ މަސައްކަތަކެއް، ކުރަމުން އަންނަ އަމިއްލަ މަދަނީ ޖަމުއިއްޔާ ކްލީން މޯލްޑިވްސް އިން ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރި ކުރުމުގެ ގޮތުން ތައްޔާރުކުރި ”ތިމާވެށި ރައްކާތެރިކުރުން އެންމެންގެ ޒިންމާއެއް“ ލަވަ އިއްޔެ ރިލީޒްކޮށްފިއެވެ.
ކްލީން މޯލްޑިވްސް އިން އިއްޔެ ރިލީޒް ކުރި ”ތިމާވެށި ރައްކާތެރިކުރުން އެންމެންގެ ޒިންމާއެއް“ މި ލަވަ ކިޔާފައި ވަނީ ސޮފާ ތައުފީގެވެ. ލަވައިގެ ޅެން ތައްޔާރުކޮށްފައި ވަނީ އައިޝަތު ހުސައިން މަނިކެވެ.
މި ލަވައިގެ ވީޑިއޯގައި މާޅޮސްމަޑުލު އުތުރުބުރީ ވާދޫއަށް ނިސްބަތްވާ އީޝަލް އަބްދުލް މަތީނާއި މައިރީން ހުސައިން މާހިރު ފެނިގެންދެއްވެ.
ކްލީން މޯލްޑިވްސްގެ ”ތިމާވެށި ރައްކާތެރިކުރުން އެންމެންގެ ޒިންމާއެއް“ މި ލަވަ މިހާރު ޔޫޓިއުބުން ބަލާލެވޭ އިރު ކްލީން މޯލްޑިވްސްގެ ފޭސްބުކް ޕޭޖަށް ވެސް މި ލަވަ މިހާރު ވަނީ ލާފައެވެ.